English Edition
Dhivehi Edition

އެކްތާ ކަޕޫރްގެ ‘ކަސޯޓީ ޒިންދަގީ ކޭ’ އަކީ ޑްރާމާ ފެށުނީއްސުރެ ޓީއާރްޕީ ޗާޓްގެ އެއްވަނައިގައި އޮތް ޑްރާމާއެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމަށް ހޯދާފައިވާ މިޑްރާމާއަކީ ޑްރާމާ ދައްކަން ފެށީއްސުރެ އެއްވަނައިގައި އޮތް ޑްރާމާއަށް ވީ ނަމަވެސް މިދިޔަ ހަފްތާގެ ޓީއާރްޕީ ޗާޓާ އެކު ގިނަ ބަޔަކަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.

މި ޑްރާމާ ޓޮޕް ފަހެއްގައިވެސް ހިމެނިފައި ނެތުންވީ ގިނަ ބަޔަކު މި ޑްރާމާއަށް ދެމުން އައި ޝައުގުވެރިކަން ކުޑަވެފައިވާ ކަމުގެ ހެއްކެކެވެ. ގިނަ ބެލުންތެރިން ބުނެފައިވަނީ ޑްރާމާގެ ޝައުގުވެރިކަން ގެއްލުނީ ކޮމޯލިކާ ޑްރާމާއިން ގެއްލުނު ހިސާބުން ކަމަށާއި މިހާރު ޑްރާމާގައި މާ ޝައުގުވެރިވާ ކަންތައްތަކެއް ނުހިނގާކަމަށެވެ. އަދި މިސްޓަރ ބަޖާޖްގެ ބައިތައް ފެށޭ ހިސާބުން އަނެއްކާވެސް ޑްރާމާގެ ފޯރި ގަދަވެގެންދާނެކަމަށް ބެލެވޭކަމަށް ގިނަބަޔަކުވަނީ ބުނެފައެވެ.

މި ހަފްތާގެ ޓީއާރްޕީ ޗާޓްގެ އެއްވަނަ އަދި ދެވަނަ މަގާމުގައި އޮތީ އެކްތާގެ ‘ކުންދަލީ ބާގިޔާ’ އާއި ‘ކުމްކުމް ބާގިޔާ’އެވެ.