އައްޑޫ ވިޒިޓަރ ސެންޓަރ މަރަމާތުކޮށްދޭނެ ފަރާތެއް ހޯދަނީ
3 މަސް ކުރިން
އާމިނަތު ޚާލިސާ

އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރ ސެންޓަރ މަރަމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން މީގެ ކުރިންވެސް ވިޒިޓަރ ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވާއިރު އެކަށީގެންވާ ތަރުހީބެއްލިބިފައި ނުވާތީވެ، އެ އިއުލާންވަނީ ބާތިލްކޮށްފައެވެ.

Advt

Advertisement

މިއަދު އެ މިނިސްޓްރީން ނެރުނު އިއުލާންގައި ބުނީ މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 13 ޖޫން 2019 ވާ ބުރާސްފަތި ދުވަހު 09:00 ގައި، އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރ ސެންޓަރުގައިކަމަށެވެ. އަދި ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައިކަމަށެވެ.

އެ މިނިސްޓްރީންވަނީ ބީލަމުގެ މުއްދަތަކީ ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 03 މަސްދުވަސް ކަމުގައިވާންވާނެކަމަށް ބުނެފައެވެ. އަދި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވި، ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައިކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ. މީގެ އިތުރުން ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވާކަމަށާއި އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވާކަމަށެވެ.