އައްޑޫސިޓީ ނޭޗަރ ޕާކުގައި ބޭނުންކުރުމަށް އިލެކްޓްރިކް ބަގީއާއި އިތުރު ސާމާނު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.
އެކައުންސިލުގެ އިޢުލާނުގައި ވާ ގޮތުން ނޭޗަރ ޕާކަށް ހޯދާ ތަކެތީގެ ތެރޭގައި
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2023 އެޕްރީލް 09 ވާ އާދީއްތަ ދުވަހުގެ 10:00 ފެށިގެން 2023 އެޕްރީލް 16 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ހަމަޔަށް ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ޔުނިޓަށް tender@adducity.gov.mv . ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުމަށް ސިޓީ ކައުންސިލުން އެދެއެވެ. އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2023 އެޕްރީލް 10 ވާ ހޯމަ ދުވަހުން ފެށިގެން 2023 އެޕްރީލް 17 ވާ ހޯމަ ދުވަހުގެ 12.00 އާއި ދެމެދު tender@adducity.gov.mv އަށް މެއިލްކުރުމަށް ކައުންސިލުން އެދެއެވެ.
ނޭޗަރ ޕާކަކީ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ތަނެކެވެ. އެތަނުގައި މުޅިންވެސް ބޭނުންކުރަމުން އަންނަނީ ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކެވެ.