English Edition
Dhivehi Edition
10 އޭޕްރީލް 2023 - ވެށި ސާފުން އައްޑޫ ނޭޗަރ ޕާކަށް އަލުން ބޭނުންކުރެވޭ ކޮތަޅު ހަދިޔާކުރުން - ފޮޓޯ: ފޭސްބުކް (އައްޑޫ ނޭޗަރ ޕާކު)

ހިތަދޫގެ ތިމާވެށި ޙިމާޔަތް ކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ “ވެށި ސާފު” އިން އައްޑޫ ނޭޗަރ ޕާކަށް އަލުން ބޭނުންކުރެވޭ ކޮތަޅުތަކެއް ހަދިޔާކޮށްފިއެވެ.

އައްޑޫ ނޭޗަރ ޕާކުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުން ވެށި ސާފުގެ ފަރާތުން ވަނީ އެ ޕާކަށް އަލުން ބޭނުންކުރެވޭ ކޮތަޅުތަކުގެ އިތުރުން އެކި ބާވަތްތަކުގެ ގަސްތައްވެސް ހަދިޔާކޮށްފައެވެ. އެކަމަށްޓަކައި އެ ޕާކުން ވަނީ ވެށި ސާފު ޖަމްޢިއްޔާއަށް ޝުކުރު ދަންނަވައިފައެވެ.

ވެށި ސާފު ޖަމްޢިއްޔާއިން ވަނީ މީގެ ކުރިންވެސް އައްޑޫ ސިޓީގެ ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން އެކި ޙަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.