English Edition
Dhivehi Edition

ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ހޯދަން އިއުލާންކޮށްފި އެވެ.

މިއަދު ހެލްތް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަން ޝައުގުވެރިވާ މަސައްކަތައް ގާބިލު މީހުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.އެ ގޮތުން 385 މެޑިކަލް އޮފިސަރުން ހޯދަން އިއުލާންކޮށްފައިވާ އިރު، 15 ޕިޒިއޮތެރަޕިސްޓުން ދާއިމީ މުވައްޒަފުންގެ ގޮތުގައި ބޭނުންވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން އިއުލާންކޮށްފައިވާ މަގާމުތަކުގެ ތެރޭގައި 30 ރޭޑިއޯގްރާފަރުން، 22 ސީނިއަރ ޑެންޓަލް އޮފިސަރުން، 202 ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް، 206 އެސޯސިއޭޓް /ކޮންސަލްޓަންޓް/ ކޮންސަލްޓަންޓް ސަބް- ސްޕެޝަލިސްޓް އިން ހިމެނެއެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުން ކުރިއަށް ދާނީ އަންނަ މަހުގެ 16 އިން ޖުލައި މަހުގެ 4 އާ ހަމައަށެވެ.