English Edition
Dhivehi Edition
ލޭ އެޕް އިފްތިތާޙު ކޮށްދެއްވުން/ފޮޓޯ ހެލްތް މިނިސްޓްރީ.

ލޭ ހަދިޔާ ކުރުމާއި ލޭގެ ޚިދުމަތްތައް ބެލެހެއްޓުމަށްޓަކައި “ލޭ އެޕް” ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ.

މޯލްޑިވްސް ބްލަޑް ސާވިސް އާއި ހެލްތު މިނިސްޓްރީ ގުޅިގެން އުފެއްދި މި އެޕްލިކޭޝަން އިފްތިތާޙު ކުރުން އޮތީ އިފްތިތާޙު ކުރި މިއަދު ހެނދުނު ހެލްތު މިނިސްޓްރީގައެވެ.

ލޭ އެޕް އިފްތިތާހް ކުރުމާއި އެކު ލޭ ހަދިޔާ ކުރުމާއި ގުޅުންހުރި ޚިދުމަތްތައް ބެލެހެއްޓުމުގައި ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މޯލްޑިވްސް ބްލަޑް ސާވިސް އިން ދެމުން އަންނަ ޚިދުމަތްތައްވެސް އިތުރަށް ރަނގަޅުވެގެން އަންނާނެ ކަމަށް އެވުޒާރާއިން ގަބޫލުކުރެއެވެ.

ލޭ ހަދިޔާކުރުމުގެ ކަންކަން ބެލެހެއްޓުމަށް މި ލޭއެޕް ތައްޔާރުކޮށްފައިވާއިރު، އޭގެ ތެރޭގައި ޑޯނަރ ރަޖިސްޓްރީ ކުރުމާއި، އެޕޮއިންޓްމަންޓް ޝެޑިއުލް ކުރުމާއި، ލޭގެ ސްޓޮކް ރިއަލް ޓައިމް ޓްރެކް ކުރުމާއި، ކުއްލި ހާލަތުގައި ނޮޓިފިކޭޝަން ދިނުން ހިމެނެއެވެ. މި އެޕްލިކޭޝަންގެ ސަބަބުން ލޭ ހަދިޔާކުރުމާއި ޚިދުމަތްތައް ބެލެހެއްޓުމަށް ސްޓްރީމްލައިންޑް، ޔޫޒަރ ފްރެންޑްލީ ޕްލެޓްފޯމެއް ފޯރުކޮށްދީ، ލޭގެ ސަޕްލައި އެންމެ ރަނގަޅު ފެންވަރެއްގައި ބެހެއްޓޭނެއެވެ.

ލޭއެޕް އިން ރާއްޖޭގެ ހެލްތްކެއާ ސިސްޓަމަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް މޯލްޑިވްސް ބްލަޑްސާވިސް އިން ދެކެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ވޭތުވެ ދިޔަ 5 އަހަރު އަމިއްލަ އަށް އެދިގެން ލޭ ހަދިޔާ ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފައެވެ. އަދި ވޭތުވެ ދިޔަ 5 އަހަރު ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތައް ރާވާ ހިންގި ފަރާތްތަކުގެ އަގުވަޒަންކޮށްވެސް ހަނދާނީ ފިލާ ދީފައިވެއެވެ.