English Edition
Dhivehi Edition

ނިއު ޒީލޭންޑްގެ ކްރައިސްޓްޗަރޗްގެ ދެ މިސްކިތަކަށް ބަޑިން ހަމަލާދީ 51 މީހުން މަރާލި ކަމަށް ތުހުމަތު ކުރެވިފައިވާ މީހާގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލައިފިއެވެ.

އަންގާރަ ދުވަހު ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ބްރެންޓަން ޓެރަންޓް 28 ގެ މައްޗަށް ދައުވާކުރީ ހުކުރު ނަމާދަށް މީހުން ތިއްބާ ބަޑި ހިފައިގެން މިސްކިތަށް ވަދެ 51 މުސްލިމުން ޝަހީދުކޮށް 40 މީހުން ޒަޚަމްކޮށްލި ޓެރަރިޒަމް ހަމަލާއާއި ގުޅިގެން ކަމަށެވެ. މި ދައުވާ އާއި ގުޅިގެން އަންނަ ޖޫން މަހު ބްރެންޓަން ޓެރަންޓްޝަރީއަތަށް ހާޒިރުކުރުމަށް ނިންމާފައިވާއިރު މިއީ މިހާރު އޮތް ޓެރެރިޒަމްގެ ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާއެއް އުފުލި ފުރަތަމަ ފަހަރެވެ.

އަލް ނޫރް އާއި ލިންވުޑް މިސްކިިތުގައި ދިން މި ހަމަލާއަކީ ނިއު ޒިލެންޑްގެ ތާރީހުގައި ވެސް އެންމެ ނުރައްކާތެރި ހަމަލާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ޖެސިންޑާ އަރޑެން ވަނީ ސިފަކުރައްވާފައެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ސައުދީ އަރަބިއްޔާ، ތުރުކީ، އުރުދުން، ބަންގްލަދޭޝް، އިންޑޮނީޝިއާ އަދި މެލޭޝިއާއަށް ނިސްބަތްވާ މުސްލިމުން ހިމެނެއެވެ.