އައްޑޫ ސިޓީ މީދޫ ‘މަމްސް އެމްވީ’ ޓީމުން އިސް ނަގައިގެން މީދޫގެ ހުރިހާ ރައްޔަތުންނަށް ހާއްސަކޮށް މާހެފުމެއް ބާއްވައިފިއެވެ.
އިއްޔެ ހަވީރު މީދޫ ‘އީދިގަމޫލެ’ ބޭއްވި މި މާހެފުމުގައި ހުޅުދޫ އަދި މީދޫގެ ގިނަ އަދަދެއްގެ ރައްޔަތުންވަނީ ބައިވެރިވެފައެވެ. މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި މަންމައިން އިސްނަގައިގެން މާހެފުން ބާއްވަމުން އަންނައިރު މި ފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ މަންމައިންގެ މެދުގައި އެކުވެރިކަން އާލާކޮށް އެކަކު އަނެކަކާ ބައްދަލުވެ އުފާފާޅުކުރުންކަމުގައި މިކަން އިންތިޒާމުކޮށް ކުރިއަށްގެންދާ ފަރާތުންވަނީ ބުނެފައެވެ.
ތަފާތު ކުޅިވަރުތައް ވެސް ހިމަނައިގެން ކުރިއަށް ގެންދިޔަ މި މާހެފުން ފުރިހަމަ ކުރުމަށްޓަކައި އެހީތެރިވެ ބުރަ މަސައަކަތްކޮށް ދެއްވި މަންމައިންނަށް މީދޫ މަންމްސް އެމްވީ ޓީމުން ވަނީޝުކުރު އަދާކޮށްފައެވެ. 2018 ވަނަ އަހަރުވެސް މަމްސް އެމްވީ އިން ރާއްޖޭގެ ގިނަ ރަށްތަކެއްގައިވަނީ މާހަފެން ބާއްވާފައެވެ
މަންމްސް އެމްވީ އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު މައިންނަށް ހާއްސަ ކުރެވިފައިވާ އޮންލައިން ޕްލެޓްފޯމްއެކެވެ. 2016 ގައި ފޭސްބުކް ޕްރައިވެޓް ގްރޫޕްއެއްގެ ގޮތުގައި ވަޖޫދަށް ގެނެވުނު މި ހާއްސަ ޕްލެޓްފޯމްގައި މިއަދު 26,414 އަށް ވުރެ ގިނަ މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ.