English Edition
Dhivehi Edition

ލިޔުނީ: ހުސެއިން ލިރާރް

އައްޑޫ ސިޓީގެ މަރަދޫގައި، ތަފާތު އުމުރުފުރާގެ މީހުން ބައިވެރިކޮށްގެން ތަންގަނޑި މާހެފުމުގެ ނަމުގައި ވަރަށް ތަފާތު ހެފުމެއް ބާއްވައިފި އެވެ.

އިއްޔެ ހަވީރު 4:30 ގައި ބޭއްވި މިމާހެފުން ފައްޓަވާ ދެއްވީ މަރަދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓާރ އަލްފާޟިލު ޙަސަން ރަޝީދު މޫސާ އެވެ.

ރާއްޖޭގެ ޘަޤާފަތާއި ގުޅޭ އެކިވައްތަރުގެ މީރު ރަހަތަކުން ޒީނަތްތެރި ކުރެވިފައިވާ މި މާހެފުމުގައި ގިނައަދަދެއްގެ ކުޑަކުދިންނާއި، ޒުވާނުންނާއި ދޮށީ އުމުރުގެ މީހުން ވަނީ ބައިވެރި ވެފައެވެ.

މަރަދޫގެ ކިޔުކޯނާރ ކައިރީގައި އޮންނަ ހުސްބިމުގައި ބޭއްވި މިހަފްލާ އިންތިޒާމުކޮށް ރޭވީ އެހިސާބުގެ ހީވާގި އަންހެން ކަނބަލުން ނެވެ. މިމާހެފުން ބޭއްވުމުގެ އެންމެ ބޮޑު މަޤުސަދަކީ ޒަމާނުއްސުރެން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އާދަކާދަ ތައް ނެތިގެން ދާތީވެ އެކަން ދިރުވާ އާލާކުރުމާއި އެކު ފަރުދުންގެ މެދުގައި އޮންނަ އެކުވެރި ކަމާއި އެއްބައިވަންތަކަން އިތުރު ކުރުމެވެ. މިއީ މިގޮތަށް ބޭއްވުނު ފުރަތަމަ މާހެފުން ކަމުގައި ވިޔަސް ކުރިއަށް އޮތްތާނގައި މިފަދަ އިތުރު ހަރަކާތްތައް ބޭއްވުމަށް ރާވާފައި ވާކަމަށް މިހަރަކާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހުންނެވި ނުސްރަތު ރަޝީދު ވިދާޅުވިއެވެ.

ނިމިގެން ދިޔަ ހަފްތާގައި ވެސް މަރަދޫގެ ހީވާގި އަންހެން ކަނބަލުން ވަނީ މިފަދަ މާހެފުމެއް ބާއްވައި އެކުވެރިކަމުގެ ރީތި މިސާލެއް ދައްކުވައި ދީފައެވެ.