English Edition
Dhivehi Edition

ލިޔުނީ: ހުސެއިން ލިރާރް

200 އެއްހާ މަންމައިން މަރަދޫ “ބޮޑޮގޭ” ގައި، 28 އެޕްރީލް 2019 ވަނަ ދުވަހުގެ ރޭ މާ ހެފުމެއް ބާއްވައި ފިއެވެ.

 

މަރަދޫ ގެ ހީވާގި އަންހެން ކަނބަލުން ކަމަށްވާ މަންމައިން ، މަރަދޫ ގެ ބޮޑޮގޭ ގައި ވަރަށްފުރިހަމަ އަށް ބޭއްވި މި މާހެފުން ޝަރަފް ވެރިކޮށް ދެއްވީ (މަރުހޫމް އަފީފް ދީދީގެ ލޮބުވެތި އަނބި ކަނބަލުން) މެޑަމް އަނީސާ އަލި ދީދީ އެވެ. ތަފާތު ގިނަ ވައްތަރުގެ ދިވެހިރަހަތަކުން ޒީނަތް ތެރިކޮށްފައިވާ މި މާހެފުމަކީ “މަމް އެމް ވީ ” (mom.mv) އާ ގުޅިގެން، މަރަދޫ މަންމަ މެން ބޭއްވި ފުރަތަމަ މާހެފުމެވެ.

މިހަރަކާތް ބޭއްވުމަށްޓަކައި މަރަދޫގެ މަންމައިން ވަނީ ދުރާލާއި ތައްޔާރުވެފައެވެ. ” މިދިޔަމަހު ކުރީކޮޅުން ފެށިގެން މިކަމަށް މިއައީ ތައްޔާރުވަމުން. ވައިބާ ގުރޫޕެއްވެސް މިކަމަށް ހަދާފައި ވާނެ. އަދި މަންމައިންގެ ތެރެއިން މިކަންތައް އިންތިޒާމު ކުރާނެ ކޮމެޓީއެއްވެސް ހެދިން” މަމް އެމްވީ އާއި ގުޅިގެން މިހަރަކާތް އިންތިޒާމުކޮށް ރާވާ ހިންގަން އެންމެ އިސްކޮށް ހުންނެވި ފާތިމަތު ނިސްމާ ކިޔައިދިނެވެ.

މިމާހެފުން އިންތިޒާމް ކުރި ފަރާތުން ބުނެފައިވަނީ، މިހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މަރަދޫގައި ދިރިއުޅޭ މަންމައިން އެކަކު އަނެކަކާއި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާ ކުރުމެވެ.

ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ދިވެހިންގެ އާދަކާދައިގެ ތެރެއިން ރާއްޖޭގެ އެކިކަން ކޮޅުތަކުގައި އެކިނަން ނަމުގައި މާހެފުންތައް ބާއްވަމުން އާދެއެވެ. މިގޮތުން މަންމަމެންގެ މާހެފުމުގެ ނަމުގައި ރައްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މާހެފުންތައް ބާއްވަމުން އާދެއެވެ.