English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ދައުވާގެ އަޑުއެހުމެއް މާދަމާ 1:00 އަށް ސުޕްރީމް ކޯޓްގައި ބާއްވަން ތާވަލްކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މި ދައުވާއާއި ގުޅިގެން، މީގެ ކުރިންވެސް ވަނީ އަޑު އެހުންތަކެއް ބާއްވާފައިވާއިރު އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވާ ކަމަށްބުނެ، ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން ބަންދު ކުރަންވެސް އަމުރު ކޮށްފައެވެ. ކްރިމިނަލް ކޯޓުން ރިމާންޑު ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރި ނަމަވެސް ބަންދުގެ މުއްދަތުގައި ގިނަ ދުވަހު ރައީސް ޔާމީން ހޭދަކުރައްވާފައިވަނީ ހޮސްޕިޓަލުގައެވެ.މި މައްސަލައިގެ އިސްތިއުނާފްގައި ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށް ރައީސް ޔާމީން ގޭ ބަންދަށް ދޫކޮށްލާފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ޕީޖީ އޮފީހުން ރައީސް ޔާމީންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެންމެ ގިނަ ފައިސާ ލިބުނު އެސްއޯއެފް ކުންފުނިން ވަނީ އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ.