English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: އާކައިވް

އިންތިޚާބުތައް އެއްކޮށްލުމުގެ ބިލާއި ފެންނަ ނުފެންނަ ވޯޓުގެ މައްސަލަ ސުޕްރިމް ކޯޓަށްވައްދައިފިއެވެ.

ވަކީލު އަލީ ހުސައިން ފާހަގަކުރެއްވި ގޮތުގައި، ބިލެއް ތަސްދީގުކުރަން ގާނޫނުއަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތު ހަމަވި ފަހުން ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރައްވާފައިވާތީ، އެ ބިލަކީ މިހާރު ބާތިލު އެއްޗެކެވެ. މީގެ އިތުރުން، ވޯޓުގައި ރައްޔިތުންނާ ކުރާ ސުވާލަކީ ވެސް ގާނޫނީ ގޮތުން ސައްހަ ސުވާލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އީސީން އިއުލާނުކޮށްފައިވަނީ ބިލު ތަސްދީގުކުރަން ފެނޭތޯ ނުވަތަ ނޫންތޯ އަހާށެވެ. ނަމަވެސް ގާނޫނީ ގޮތުން އަހަންޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމަށް ރުހޭތޯ ނުވަތަ ނޫންތޯ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

މި މައްސަލައިގައި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެމްޑީޕީން ބުނި ގޮތުގައި އެ ޕާޓީން ހުށަހެޅި މައްސަލަ ތިން ފަހަރަށް ރިޖެކްޓްކޮށްފައިވާއިރު، އެ މައްސަލަ ވީ އެންމެ އަވަހަކަށް ރަޖިސްޓްރީކޮށް ކުރިއަށް ގެންދަން އެދޭ ކަމަށެވެ. ސުޕްރިމް ކޯޓަށް ހުށަހެޅި މި ދުސްތޫރީ މައްސަލަތަކުގެ ސަބަބުން، ކުރިއަށް އޮތް އިންތިޚާބުތަކާއި ފެންނަ ނުފެންނަ ވޯޓަށް ބޮޑު ގާނޫނީ ބަހުސެއް ވަނީ އުފެދިފައެވެ.