English Edition
Dhivehi Edition

ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކުގެ ވާހަކަދައްކާއިރު، އަދީބްގެ މަތިން ހަދާން ކުރަންޖެހޭކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކާއި ރައްކާތެރިކަމުގެ ބިލް ދިރާސާކުރި ވަގުތީ ކޮމިޓީގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން މޫސާ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު އަދީބާ ދޭތެރޭ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލުކުރަމުން ގެންދަނީ ބޭއިންސާފުން ކަމަށެވެ. އަދި ނައިބު ރައީސަކަށް ލިބެންޖެހޭ އިއްޒަތާއި ގަދަރު އަދީބަށް ލިބެންނުދާ ކަމަށް މޫސަވަނީ ފާހަނގަކުރައްވާފައެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ ދައުލަތުން އަދީބަށް ރަނގަޅު ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސައިދީފައިނުވާ ކަމަށާއި، އަދި އިސްތިނުފާގެ ހައްގު ވެސް އަދީބްއަށް ދީފައިނުވާކަމަށެވެ.

އެމްޑީޕީއަކީ އަބަދުވެސް އިންސާފަށް ވަކާލާތު ކުރާ ބައެއް ކަމަށްވާ އިރު، އަދީބްގެ މައްސަލަ އިންސާފުން ކުރިއަށް ގެންދެވުމަށް ގޮވާލަމުން މޫސަ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހަމަތުކުރެވޭ ހުރިހާ ކަމެއް އަދީބްގެ ބޮލަށް ޖަހައި، ނިންމާލުން އެއީ އިންސާފު ނޫން ކަމަށެވެ.

އަހްމަދު އަދީބްގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ކަރެކްޝަނުން ވަނީ އޭނާ ގޭ ބަންދަށް ބަދަލުކޮށްފައެވެ