English Edition
Dhivehi Edition

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލެއް ގެންގުޅު ކަމަށް ސާބިތުވެ، ކޮށްފައިވާ 10 އަހަރުގެ ޖަލު ހުކުމް، މިއަދު ސްޕްރީމް ކޯޓުން ބާތިލު ކޮށްފިއެވެ.

ސްޕްރީމް ކޯޓުން މި ހުކުން ބާތިލްކޮށްފައިވަނީ ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ސާބިތު ނުވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި މިދިޔަ އެޕްރީލްމަހުގެ ތެރޭގައި އެދެފައިވަނިކޮށެވެ.

ކުރީގެ އިދިކޮޅު ފަރާތްތަކުން މޭޑޭގައި ކުރި ބޮޑު މުޒާހަރާއާ ގުޅިގެން ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އަދީބުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 2016 ވަނަ އަހަރު އޭނާ 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ވަނީ އޭރު ތާއީދުކޮށްފައެވެ.

ރިޔާސީ ލޯންޗްކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބްގެ މައްޗަށް ކުށް ސާބިތުވެ 15 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އެމައްސަލަ އަލުން ބެލުމަށް ދާދި ފަހުން ސުޕްރީމް ކޯޓުންވަނީ އަމުރުކޮށްފައެވެ.