English Edition
Dhivehi Edition

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން އުވާލާ ވަޒީފާއަށް ނުކުތުމަށް އަންގައިފިއެވެ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަން ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާ ގުޅިގެން އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެސްއޯއެފްގެ އެކައުންޓުން އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީގެ ތަހުގީގީ ރިޕޯޓުން އެނގިފައިވާއިރު އެ މައްސަލައާއި ގުޅިގެން މިހާތަނަށް އަކްރަމް އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މިއަދު އަކްރަމްގެ ސަސްޕެންޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުވާލެއްވި އިރު ޔޫތް މިނިސްޓަރ މަހްލޫފްގެ ސަސްޕެންޝަންވެސް ވަނީ އުވާލައްވާފައެވެ.

މަހުލޫފާއި އަކްރަމްގެ އިތުރުން ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމް ވެސް ސަސްޕެންޑްކޮށްފައިވާއިރު މި ދެ ބޭފުޅުންގެ ސަސްޕެންޝަން އަދި އުވާލާފައެއް ނުވެއެވެ.