English Edition
Dhivehi Edition

19 ވަނަ ރައްޔަތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށް ގެންދިޔަ ފުރިހަމަ ކަމަށްޓަކައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ތަޢުރީފުކޮށްފިއެވެ.

އިންތިހާބުގެ ކަންތައްތައް ހިނގާދިޔަ ގޮތާއި ގުޅިގެން އިޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތިން އިންތިޚާބު ބޭއްވި ކަމަށްޓަކައި ރާއްޖެއަށް މަރުހަބާ ދަންނަވާ ކަމަށެވެ.މީގެ އިތުރުން އީޔޫ އިންވަނީ އިންތިޚާބުގެ ދާއިމީ ނަތީޖާގެ އިންތިޒާރުގައި ތިބި ދަނޑިވަޅެއްގައި އިންތިޚާބުގެ ކަންކަން ފުރިހަމަކަމާއެކު ކުރިއަށް ގެންދެވިކަމަށްޓަކައި އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށާއި އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އިޔޫގެ އިތުރުން ރާއްޖެއިން ބޭރުގެ ގިނަ ގައުމުތަކާއި މަޝްހޫރު ޖަމިއްޔާ ޖަމާއަތްތަކުންވެސް ވަނީ އިންތިހާބުގެ ކަންތައްތައް އަމާންއޮމާންކޮށް ކުރިއަށް ގެންގޮސްފައިވާތީ ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.