English Edition
Dhivehi Edition
މިއަދު އީޔޫގެ ސަފީރާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭއްވެވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - ފޮޓޯ: މަޖިލިސް

ރާއްޖޭ ޖުޑީޝިއަރީ އިޞްލާޙް ކުރުމަށް ކުރައްވަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމާ ގުޅޭގޮތުން, ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހެޑް އޮފް ކޯޕަރޭޝަން، ހިޒް އެކްސެލެންސީ މިސްޓަރ ފްރޭންކް ހެސް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޝްވަރާކުރައްވައިފި އެވެ.

އެކަމާއި ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވެވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި އީޔޫގެ ސަފީރާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހެޑް އޮފް ކޯޕަރޭޝަން، ހިޒް އެކްސެލެންސީ މިސްޓަރ ފްރޭންކް ހެސް ވަނީ، އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ހިއްސާކުރައްވާފައެވެ. އަދި، ރާއްޖޭގެ ޖުޑީޝިއަރީ އިޞްލާޙް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަން ލިބޭނެކަން ފާހަގަކުރައްވައި، އެކަމުގައި ކުރިއަށް ދެވިދާނެގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.