މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ކޮންޓްރޯލް ކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ފެއިލް ވެފައިވާ ކަމަށް ބުނެ އެމެރިކާ އިން މިހާތަނަށް އައިއިރު ދެމުން އައި މާލީ އެހީ ނުދިނުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލުމުން ގިނަ ފަރާތްތަކެއްގެ ނުރުހުން އަމާޒު ވެއްޖެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ މި ބަލީގެ މުހިއްމު މައުލޫމާތުތަކެއް ޗައިނާ އިން ދުވަސްތަކެއްވަންދެން ސިއްރުކޮށްފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން އެކަން ޕްރޮމޯޓުކޮށްފައިވާކަމަށާއި، އެހެންވެ މި ކަމުގައި ޑަބްލިއުއެޗްއޯ ޖަވާބުދާރީވުމަށް ގޮވާލައިފައެވެ.
މިކަމާ ގުޅޭ ގޮތުން، ޓްރަމްޕް ތުހުމަތުކުރައްވާގޮތުގައި ޗައިނާ އިން އެންމެ ފުރަތަަމަ މި ބަލިމަޑުކަން ފެތުރެން ފެށުމުން އޭގެ މައުލޫމާތު އެހެން ގައުމުތަކާ ހިއްސާ ކޮށްފައި ވަނީ އެތަކެއް ދުވަހެއްގެ ފަހުން ކަމަށެވެ. އަދި މީގެ އިތުރުން، އެމެރިކާގެ ނޫހެއް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ވަނީ ޗައިނާގެ ރައްޔިތުންނަށް ވެސް މި ރޯގާ އާއި ގުޅޭ މައުލޫމާތު ސިއްރު ކޮށްފައިވާ ކަމަށް ހާމަކޮށްފައެވެ.
އެގޮތުން، އޭޕީ އިން ރިޕޯޓް ކުރާ ގޮތުގައި މި ބަލިމަޑުކަން ފެތުރެމުންދާ ކަމަށާއި، އެކަމަށް ރައްޔިތުން ސަމާލުވުމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ގޮވާލާފައިވަނީ އެ ބަލި ފެނުނުތާ ހަތްވަނަ އަށް ވީ ދުވަހުގައި ކަމަށް ޔަގީންކުރެވޭ ސިއްރު މައުލޫމާތު ހިމެނޭ ލިޔުމެއް ލިބިފައިވާކަމަށް ވެސް ވެއެވެ.
އެމެރިކާ އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް މާލީގޮތުން އެންމެ ބޮޑަށް އެހީތެރިވެދޭ ފަރާތަށްވީހިނދު، ނިމިދިޔަ އަހަރުގައި އެކަނިވެސް 400 މިލިއަން ޑޮލަރުގެ އެހީދީފައިވާކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޓްރަމްޕް ދެއްކެވި ވާހަކަ ތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ އިތުރުން ސަރަހައްދީ ޖަމްއިއްޔާ ތަކުން އެމެރިކާ އަށް ނުރުހުމާއި، ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިސް އޮފިޝަލަކު ވަނީ މިއީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި އަމަލު ކުރަން ވީގޮތް ނޫން ކަމަށާއި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
Deeply regret US decision to suspend funding to @WHO. There is no reason justifying this move at a moment when their efforts are needed more than ever to help contain & mitigate the #coronavirus pandemic. Only by joining forces we can overcome this crisis that knows no borders.
— Josep Borrell Fontelles (@JosepBorrellF) April 15, 2020
އަދި މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް އެންމެ ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ދޭންވީ ވަގުތު ކަމަށްވެސް އީޔޫގެ ފޮރިން ޕޮލިސީ ޗީފް ޖޯސެޕް ބޮރެލް ކުރި ޓުވީޓެއްގައިވެއެވެ.
ޓްރަމްޕްގެ މި ނިންމުމާއި ގުޅިގެން ޖަރުމަނުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސް ފާހަގަކުރެއްވީ ގޮތުގައި، މިއީ ބަލިމަޑުކަމާއި ގުޅިގެން އެހެނިހެން ފަރާތްތަކަށް އިނގިލި ދިއްކޮށް، ކުއްވެރިކުރަންވީ ދަނޑިވަޅު ނޫން ކަމަށާއި، މި ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް ޓެސްޓުތައް ހެދި މި ވައިރަހަށް ވެކްސިނެއް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތު ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް މާލީގޮތުން ދޭ އެހީ ހުއްޓާލުމަށް ޓްރަމްޕް ނިންމުމުން، ޗައިނާ އިން ވަނީ އެ ނިންމުން ބަދަލުކުރުމަށާއި، މިހާތަނަށް ދުނިޔޭގެ 2 މިލިއަނަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އެ ގޯސް ނިންމުމުގެ ސަބަބުން ގިނަ ގައުމު ތަކަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ކުރިމަތިވާނެކަމަށް ބުނެފައެވެ.
ކޮރޯނާވައިރަހަށް މުޅި ދުނިޔޭން މިހާތަނަށް ވަނީ 2,026,823 މީހުން ޕޮޒިޓިވްވެ, 129,099 މީހުން މަރުވެފައިވާއިރު ރަނގަޅުވެފައި ވަނީ 493,999 މީހުންނެވެ. އަދި މި ބަލީގެ ނުރައްކާތެރިކަން މިހާރު އެންމެ ބޮޑު އެމެރިކާގެ 616,168 އެއްހާ މީހުން ޕޮޒިޓިވްވެފައިވާއިރު، ގާތްގަނޑަކަށް 26,200 މީހުން ވަނީ މަރުވެފައެވެ.
One of the main things we’ve learned in the past months about #COVID19 is that the faster all cases are found, tested, isolated & cared for, the harder we make it for the virus to spread. This principle will save lives & mitigate the economic impact of the pandemic.
— Tedros Adhanom Ghebreyesus (@DrTedros) April 15, 2020
Halting funding for the World Health Organization during a world health crisis is as dangerous as it sounds. Their work is slowing the spread of COVID-19 and if that work is stopped no other organization can replace them. The world needs @WHO now more than ever.
— Bill Gates (@BillGates) April 15, 2020