Mulimathi Jamiyyaa in Earth Hour faahanga kohfi - AO News
English Edition
Dhivehi Edition

Worldwide

  • 11,288,976confirmed
  • 6,404,186recovered
  • 4,353,834active
  • 530,956deaths

Maldives

  • 2,435confirmed
  • 2,030recovered
  • 389active
  • 11deaths

ކޮވިޑް 19 ކަވަރޭޖް

1 އަހރު ކުރިން

އައްޑޫ ސިޓީ މީދޫ މުލިމަތި ޔުނައިޓެޑް އިން އިސްނަގައިގެން އެ ރަށުގައި އާތްއަވާ ފާހަނގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

Advt

Advertisement

ރޭ މީދޫ ހިއްކިބިމު ބީޗު ވޮލީ ކޯޓުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖަމިއްޔާގެ މެމްބަރުންގެ އިތުރުން އާންމު ރައްޔަތުންވެސް ވަނީ ބައިވެރިވެފައެވެ. ރޭ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ދުވަހާއި ގުޅޭ ޕޯސްޓަރުތައް ބޭނުންކޮށްފައިވާއިރު އާތް އަވާ ފާހަނގަކުރުމުގެ މުހިއްމުކަން ވަނީ މި ހަރަކާތުގެ ބައިވެރިންނާއި ހިއްސާކޮށްފައެވެ.މި ހަރަކާތާއި ބެހޭ ގޮތުން ޖަމިއްޔާގެ ސެކެސްޓްރީ ސަހާ ބުނީ، ރޭ 8:30 ން 9:30 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތް ބޭއްވުމުގެ މަގްސަދަކީ މި ކަމުގެ މުހިންމުކަން އަންގައިދިނުމާއެކު ރަށުގެ ގިނަ ބަޔަކު އެއްވެ މި ފަދަ ހަރަކާތެއް ކުރިއަށް ގެންދިއުން ކަމަށެވެ. “އުއްމީދު ކުރަނީ އަންނަ އަހަރު ރަށު ފެންވަރުގައި މިއަށްވުރެ ގިނަ މީހުންގެ ބައިވެރިވުމާއެކު ބޮޑު  ހަރަކާތެއް ބޭއްވުން. “ސަހާ ބުންޏެވެ.

މީގެ އިތުރުން އިއްޔެ އާތް އަވާ ފާހަނގަކުރުމުގެ ގޮތުން ހުޅުދޫ މީދޫގައި ސްކޫލްތަކުގައިވެސް ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން  ހުޅުދޫ ސްކޫލްގެ ލިޓްލްމެއިޑް އަދި ގާރލް ގައިޑްގެ ދަރިވަރުން އިސްނަގައިގެން އެސްކޫލްގައި އިއްޔެ ހަވީރު ވަނީ ރަށުގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ބާއްވާފައެވެ. އަދި ޝަމްސުއްދީން ސްކޫލްގެ ދަރިވަރުން މި ދުވަސް ފާހަނގަކުރުމުގެ ގޮތުން އިއްޔެ ހަވީރު  ލިޓްލްމެއިޑް،ސްޓާރސް އަދި ކަބްސްކައުޓް ކުދިންގެ ހިނގާލުމެއް  ވަނީ ބާއްވާފައެވެ. މީގެ އިތުރުން ރޭ ސ. އަތޮޅު މަދަރަސާގައިވެސް ވަނީ ދުވަހާއި ގުޅޭ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މިއަހަރުގެ އާތްއަވާގެ ޝިއާރަކީ ، ޗޭންޖު ދަވޭ ވީ ލިވް ” އެވެ.