English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ޗޭނު ޖަމިއްޔާގެ ދެވަނަ ބަހުސް މުބާރާތް ރޭ ޝަރީފީ ޕްރީ ސްކޫލުގައި ފަށައިފިއެވެ.

މި މުބާރާތުގައި ޖުމްލަ 04 ޓީމުން ބައިވެރިވެފައިވާއިރު، ދިމާވި ސަބަބުތަކުގެ ސަބަބުން އެއް ޓީމު ވަނީ މުބާރާތުން ވަކިވެފައެވެ. ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އެއް ޓީމު ބައިވެރި ނުވުމުގެ ސަބަބުން އެ ޓީމާއި، ދެން ވާދަކުރާ ޓީމް ވަނީ އެއްވެސް ބަހުސްއަކާނުލާ ފައިނަލަށް ގޮސްފައެވެ.

ރޭގެ ބަހުސްގައި ޝަރީފާ ޓީމް އަދި ޝަމްސު ޓީމް ވާދަކޮށް ޝަރީފާ ޓީމް ބަހުސް ކާމިޔާބުކުރީ 260 ޕޮއިންޓާއެކުގައެވެ. ޖުމްލަ 12 ބައިވެރިންނާއެކު ކުރިއަށް ދާ މި މުބާރާތުގައި ސުޒޭން ޓީމް އަދި ޝަރީފާ ޓީމް ބައްދަލުކުރާ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންގާރަދުވަހުގެ ރޭ ޝަރީފީ ޕްރީ ސްކޫލުގައެވެ.

މީގެ ކުރިންވެސް ޗޭނު ޖަމިއްޔާގެ 7 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ ޖަމިއްޔާއިން ބަހުސް މުބާރާތެއް ބާއްވާފައިވާއިރު ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ބަހުސް މުބާރާތުގައި 16 ބައިވެރިންނާއެކު ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ.2017 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ފައިނަލްގައި ސ.އަތޮޅު މަދަރަސާގެ މުސްކުޅި ދަރިވަރުންގެ ޓީމާއި ބައްދަލުކޮށް ސ.އަތޮޅު މަދަރަސާއިން މި ބަހުސް ކާމިޔާބުކުރީ ދެ ޕޮއިންޓްގެ ތަފާތަކުންނެވެ.