English Edition
Dhivehi Edition

ޗޭނު ޖަމިއްޔާ އިން ޝަމްސުއްދީން ސްކޫލްގެ ނެޓްބޯޅަ ޓީމަށް ބިބް ސެޓް ހަދިޔާކޮށްފިއެވެ

ޝަމްސުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި، ސްކޫލްގެ ފަރާތުން ބިބް ސެޓާއި ހަވާލުވެ ވަޑައިގަތީ ސްކޫލްގެ ޕްރިންސިޕަލް ސުލްތާން ރާމިޒްއެވެ. ކުރިއަށް އޮތް އިންޓަ ސްކޫލް ނެޓް ބޯޅަ މުބާރާތުގައި ބައިވެރިވާ ތިން އުމުރު ފުރައިގެ ތިން ޓީމް ކުދިންނަށް ބިބް ސެޓް ހަދިޔާ ކުރުމަށްފަހު އޭއޯ އާއި ވާހަކަދައްކަމުން އެ ޖަމިއްޔާގެ ނައިބު ރައީސާ ރަޝީދާ އިބްރާހިމް ވިދާޅުވީ އެ ޖަމިއްޔާއަކީ އަބަދުވެސް އަންހެނުންގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރާ އަދި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރަމުންދާ ޖަމިއްޔާ އެއް ކަމަށެވެ

ޗޭނު ޖަމިއްޔާއިން މިއަހަރު ސްކޫލްތަކަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު އެ ޖަމިއްޔާއިން ވަނީ މިއަހަރު ފެބްރުއަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ޝަރީފީ ޕްރީ ސްކޫލްގެ ޤުރުޢާން ޓީޗަރެއްގެ މުސާރަވެސް ހަމަޖައްސަވާ ދެއްވާފައެވެ

މީގެ އިތުރުން ޗޭނުން ވަނީ އެ ޖަމިއްޔާގެ07 ވަނަ އަހަރީ ދުވަހާއި ގުޅިގެން ސްކޫލް ކުދިންނަށް ހާއްސަކޮށް ހިންގި ކުއިޒް މުބާރާތުން އެއްވަނަ ހޯދި ކުދިންނަށް ޝަންގްރިއްލާ ވިލިގިލި ރިސޯޓު ދައްކާލުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ