English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނުން ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ

އަންހެނުންގެ ދުވަހާއި ގުޅިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 17 ވަނަ ދުވަހެވެ. ކޮންމެ ޓީމެއްގައި ހަތަރު ބައިވެރިން ހިމެނޭ ގޮތަށް ޓީމްތައް ހެދުމަށް ނިންމާފައިވާ، މި މުބާރާތުގައި ބައިވެރިވާން ބޭނުން ފަރާތްތަކުނ 7921755 އަދި 7792797 އަށް ގުޅުމަށް އެ ޖަމިއްޔާއިންވަނީ އެދިފައެވެ

މީގެ ކުރިންވެސް ޗޭނު ޖަމިއްޔާގެ 7 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ ޖަމިއްޔާއިން ބަހުސް މުބާރާތެއް ބާއްވާފައިވާއިރު ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ބަހުސް މުބާރާތުގައި 16 ބައިވެރިންނާއެކު ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ.2017 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ފައިނަލްގައި ސ.އަތޮޅު މަދަރަސާގެ މުސްކުޅި ދަރިވަރުންގެ ޓީމާއި ބައްދަލުކޮށް ސ.އަތޮޅު މަދަރަސާއިން މި ބަހުސް ކާމިޔާބުކުރީ ދެ ޕޮއިންޓްގެ ތަފާތަކުންނެވެ