English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ޗޭނު ޖަމިއްޔާގެ 7 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ބަހުސް މުބާރާތުގެ އެއްވަނަ ސ.އަތޮޅު މަދަރަސާ ހޯދައިފިއެވެ. ރޭ ޝަރީފީ ޕްރީ ސްކޫލުގައި ބޭއްވި މި މުބާތުގެ ފައިނަލްގައި ސ.އަތޮޅު މަދަރަސާގެ މުސްކުޅި ދަރިވަރުންގެ ޓީމާއި ބައްދަލުކޮށް ސ.އަތޮޅު މަދަރަސާއިން މި ބަހުސް ކާމިޔާބުކުރީ ދެ ޕޮއިންޓްގެ ތަފާތަކުންނެވެ

ރޭ ޝަރީފީ ޕްރީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި އެކި އެކި މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް އިނާމްވަނި ދީފައެވެ. މި ގޮތުން ބަހުސް މުބާރާތުގެ އެއްވަނަ ޓީމަށް ފައިސާގެ އިނާމާއެކު އީކުއެޓާރ ވިލެޖްއިން ޑިނާރ އެއް ވަނީ ދީފައެވެ. މީގެ އިތުރުން ޕްރައިމަރީ ސްކޫލު ތަކުގެ ދަރިވަރުންގެ މެދުގައި ބޭއްވި ކުއިޒް މުބާރާތުން އެއްވަނަ ޓީމަށް ފައިސާގެ އިނާމާއި އެކު ޝަންގްރިއްލާ ބަލާލުމުގެ ފުރުސަތު ދީފައިވާއިރު މި މުބާރާތުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ މުހައްމަދު ހިޒްޔަމްއެވެ

ރޭގެ ރަސްމިއްޔާތުގައި ވޭތުވެ ދިޔަ ހަތް އަހަރު ޗޭނު ޖަމިއްޔާއިން ހޯދައިފައިވާ ކާމިޔާބީތަކާއި ބެހޭ ގޮތުންވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އެ ޖަމިއްޔާގެ ފަރާތުން މީދޫ ކާޑު ގޭގައި ހަދާފައިވާ ލައިބްރަރީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރު ފަހު 14:00 ހުޅުވައި ލައިބަރަރީގެ ހިދުމަތް ބޭނުން ފަރާތްތަކަށް ލިބެން ހުންނާނެ ކަމަށް އެ ޖަމިއްޔާއިންވަނީ ބުނެފައެވެ