English Edition
Dhivehi Edition
ފޮޓޯ:ސަން

އެމްޑީޕީގެ ޓިކެޓްގައި ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިން އަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސް ނަޝީދު ރައްދު ދެއްވައިފިއެވެ.

މީގެ އަހަރުތަކެއް ކުރިން ކިޔަވާ ކުދިން ތަކަކަށް އަނިޔާ ކުރި ކަމަށް ބުނެ ހިސާން އާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް އަނިޔާ ލިބުނު މީހަކު ރައީސް ޞާލިހަށް ފޮނުވި ސިޓީއެއް މީސް މީޑިއާގައި އާންމުވެފައިވާއިރު ހިސާންވެސްވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ.

ހިސާން އަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ނަޝީދުކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިއީ ހިސާންގެ އަނބުރުކަތިލުމަށް ރާވައިގެން ހިންގަމުންދާ ސިޔާސީ ހަރަކާތެއްކަމަށެވެ. “އަޅުގަނޑުގެ ވަކީލް އަދި އެމްޑީޕީ ތުޅާދޫ ދާއިރާގެ ކެންޑިޑޭޓަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް” ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ނަޝީދު ވަނީ މި އަމަލަކީ ވަރަށް ފިނޑި އަދި ދަށުދަރަޖައިގެ އަމަލެއް ކަމަށް ވިދާޅުވެފައެވެ.