English Edition
Dhivehi Edition

ރީޖަނަލް ޓްރާންސްޕޯޓް ހުޅުމިދޫ ޔުނިޓްގެ ފަރާތުން ދެމުންދާ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ދިނުމާއި އާންމުންގެ ހިޔާލު ހޯދުމަށްޓަކައި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ 21 މާރިޗް 2019 ވަނަ ދުވަހުގެރޭ 20:30 ގައި ހުޅުމީދޫ ފެރީ ޓާމިނަލްގައެވެ. މި ބައްދަލުވުމާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ހިންގުމާއި ހަވާލުވެ ހުންނެވި ހުސެންދީދީ ވިދާޅުވީ މި ބައްދަލުވުމުގެ އެންމެ ބޮޑު އެންމެ ބޮޑު މަގްސަދަކީ އަލަށް ތައާރަފްކުރި ހިދުމަތްތަކާއި ބެހޭ ގޮތުން ރައްޔަތުންނަށް މައުލޫމާތު ދިނުންކަމުގައެވެ. “މި ބައްދަލުވުމުގެ ބޭނުމަކީ ފުވައްމުލަކުން ހުޅުމީދޫއަށް ކުރާ ދަތުރުތަކާއި، ސްކޫލް ކުދިންނަށާއި އުމުރުންދުވަސްވީ މީހުންނަށް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް އަލަށް ތައާރަފްކޮށްފައިވާ ހިދުމަތްތަކުގެ މައުލޫމާތު ދިނުން. އަދި ރައްޔަތުންގެ ޝަކުވާތައް އަޑުއަހާ، އެ ޝަކުވާތަކަށް ބަލާ، ދަތުރުފަތުރުގެ ހިދުމަތް ވީހާވެސް ރަގަޅަށް ކުރިއަށް ގެންދިއުން.” ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ހުސެންދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން ހުސެންދީދީ ވިދާޅުވީ މިހާރުވެސް ފޭދޫ އާއި ހުޅުމީދޫގައި ޓިކެޓް ދޫކުރުމުގައި ތަފާތުތަކެއް އެބަހުރިކަމަށާއި އެކަމާއި ގުޅިގެން ރައްޔަތުންގެ ޝަކުވާތައް ލިބެމުންދާކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުގައި ފެރީދޯނި އަދި ލޯންޗުގެ ޓިކެޓް ދޫކުރުމާއި ބެހޭ ގޮތުން ރައްޔަތުންނާއި މަޝްވަރާކުރެވިގެންދާނެކަމަށް ހުސެންދީދީ ވިދާޅުވިއެވެ.