އުއްމީދަކީ 2024 ވަނަ އަހަރު ނިމެންވާއިރަށް ހައި ސްޕީޑް ފެރީ ނިޒާމުން، މުޅި ރާއްޖެ ގުޅުވާލުންކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މިއަންނަ އަހަރު މެދުތެރޭގައި ދެކުނު އަތޮޅުތަކުގައި މި ނިޒާމް ގާއިމް ކުރުމަށް ރޭވިފައިވާކަމަށެވެ.
މި ގޮތުން ގއ، ގދ، އައްޑޫ އަދި ފުވައްމުލަކުގައި އަންނަ އަހަރު މި ހިދުމަތް ފެށުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
މިއީ ގައުމު ބިނާ ކުރުމަށް އެންމެން އެކައްޗެއް ކިޔާ ޒާތުގެ މަސައްކަތެއްކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ އުއްމީދަކީ ސިޔާސީ ބަދަލުތަކާއި އެކީ މިޒާތުގެ މަސައްކަތް އެއްވެސް ބަޔަކު ހުއްޓާ ނުލުންކަމަށެވެ.