English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތްޕުޅުން ނުކުންނަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު އަދި އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީއާ ވާހަކަދައްކަވަމުން އައިޝާ ވިދާޅުވީ ކެމްޕައިން ތެރޭގައި ވަރަށް ސާފުބަހުން ޔާމީންއަށް ދުވަހަކުވެސް މައާފްނުކާރެކަމަށް ބުނެފައިވާކަމަށެވެ. މީގެ އިތުރުން އައިޝާ ވިދާޅުވީ ސަރުކާރު ގެނައީ އެތައް ރައްޔިތުންނަކަށް ސަލާން ޖަހައި އާދޭސްކޮށްގެންކަމަށެވެ. އަދި މި ސަރުކާރު ގެނައުމުގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންނަށް އަމާންކަމާއި އޮމާންކަމާއި އުފަލާ އެކު އުޅެވޭނެ، މިނިވަންކަމާ މާހައުލެއް ބިނާކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން، ޕީޕީއެމާއި ޕީއެންސީން ނުކުންނަ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފައިވާއިރު އައިޝާ ވިދާޅުވީ އޭނާ ހުންނާނީ ސަރުކާރާ އެކުގައިކަމަށެވެ. އަދި ޖޭޕީވެސް އޮންނާނީ ސަރުކާރާއެކުގައިކަމަށް ގަބޫލުކުރައްވާކަމަށް އައިޝަ ވިދާޅުވިއެވެ.