English Edition
Dhivehi Edition
ޖޭޕީ އާއި ޕީއެންސީ އާއި އެކު ބޭއްވި ބައްދަލުވުން / ފޮޓޯ: ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީން، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ލީޑާޝިޕާ ބައްދަލުކޮށްފިއެވެ.

ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ޢަބްދުﷲގެ އިތުރުން ޕާޓީގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވަޑައިގެންނެވިއެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން މިބައްދަލުވުމުގައި އިސްކޮށް ހުންނެވީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހު ވިދާލުވީ، މި ބައްދަލުވުމަކީ އެޕާޓީގެ ކައުންސިލުން ނިންމި ނިންމުމެއްގެ މައްޗަށް އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕީއެންސީއާ އެކު މަޝްވަރާކުރުމަށް ބޭއްވި ބާއްދަލުވުމެއް ކަމަށެވެ. އެހެންނަމަވެސް މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާ އާއި އެއްބަސްވެވުނު ކަންތައްތައް ހާމަކޮށްފައެއް ނުވެއެވެ.