English Edition
Dhivehi Edition

އަންނަ މަހު ބާއްވާ ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އަލްހާން ފަހްމީ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް ހާޒިރުވުމަށް އެ ކޮމިޝަނުން އަންގައިފިއެވެ.

އަލްހާން އޭސީސީ އަށް ހާޒިރުވުމަށް އަންގާފައިވަނީ ބޮޑެތި މުބާރާތްތައް ބާއްވައި އަދި އިނާމު ހުށަހަޅުއްވާފައިވާ މައްސަލައެއްގައި ސުވާލު ކުރުމަށެވެ. މިއަދު މެންދުރުފަހު 3:00 ގައި އަލްހާން އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާއިރު އޭނާވަނީ ވަރަށް ފަހުންވެސް ‘އަލްހާން ސްޓްރީޓް ކަޕް’ ގެ ނަމުގައި މުބާރާތެއް ބާއްވާފައެވެ. އަލްހާން މުބާރާތުގެ ފޮޓޯތައް މީޑީއާގައި ހިއްސާކޮށްފައިވާއިރު އޭސީސީއަށް އަލްހާން ހާޒިރުވާން އެންގީ ގާނޫނާ ޚިލާފަށް ބޮޑެތި މުބާރާތްތައް ބާއްވައި ބޮޑެތި އިނާމުތައް ދީފައިވާ ކަމަށް ބުނެ އާންމު މީހަކު ހުށަހަޅާފައިވާ މައްސަލަ އަކާ ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް ވާދަކުރައްވާ އަލްހާންގެ މައްސަލަ އޭސީސީ އަށް ހުށަހެޅި ކޮން ފަރާތަކުންކަން އެގިފައިނުވާއިރު އޭސީސީއިންވަނީ އިންތިހާބާއި ދިމާކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއްފަށާފައެވެ. މި ގޮތުން އޭސީސީން ވަނީ އިންތިޚާބީ ކޮރަޕްޝަން ހުއްޓުވުމަށް ކެންޑިޑޭޓުންނަށް ހާއްސަ ލީފްލެޓަކާއި ކަރުދާހެއް ތައާރަފްކޮށްފަ އެވެ.މީގެ އިތުރުން އޭސީސީއިން ބުނީ ރިޝްވަތާއި ކޮރަޕްޝަންގެ އެއްވެސް ޝަކުވާއެއް ފޭސްބުކް ނުވަތަ ޓްވިޓާ އިން ވިޔަސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ މައްސަލައެއް ރަޖިސްޓްރީކޮށް ދޭނެ ކަމަށެވެ.