English Edition
Dhivehi Edition

ލަވަ އާއި މިއުޒިކް އަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން ކުރެއްވި ޓުވިޓެއްގައި މިހެން ވިދާޅުވެފައި ވާއިރު، އޭގެ ފަހުން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މާތްﷲ އިންސާނުންގެ ހިސާބު ބައްލަވަނީ އެމީހެއްގެ ނިޔަތުގެ މައްޗައްކަން ދީނުގައި ޙިލާފެއް ނެތި ދަންނަ ބޭކަލުން އެއްބަސްވާ ކަމަށެވެ. އަދި ކިޔާ ލަވައެއް، ދައްކާ ވާހަކަ އެއް ނުވަތަ އަޑުއަހާ އެއްޗެއް އަޑު އަހަނީ ކޮން ނިޔަތެއްގައިތޯ ބެލުންވެސް މުހިއްމު ކަމަށް އަލްހާން ވިދާޅުވިއެވެ.

މީގެ އިތުރުން އަލްހާން ކުރެއްވި ޓުވުޓެއްގައި ވިދާޅުވީ ފާޙިޝް ހަޑި މުޑުދާރު ބަހުރުވައިން ހުންނަ ލަވަޔާ އެކީ ކުޅޭ މިޔުޒިކާ، ބަރަހަނާވެ ވަނާތައް ތަޅުވާ ނަށާ މަސްތުވެގެން ހިންގާ ޕާޓީތަކަކީ ހުއްދަ އެއްޗެއް ނޫންކަމަށެވެ.” އެކަމަކާ ޚިލާފެއް ނެތް! އެހެނަސް ޤައުމީ ލަވަޔާ، އިލްމީ ލަވަޔާ، ރަސޫލާ ޞޢވ އަށް ކިޔާ މަދަހަ ފަދަ ލަވަ ކިޔޭނެ! ހަރާމެއް ނުވާނެ! “އަލްހާން ވިދާޅުވިއެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އަލީ ރަމީޒަށް ވަރަށް ހުތުރުބަހުން. ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާ އަލްހާން ވަނީ އަލީ ރަމީޒް ލަވަ ކިޔުން ހުއްޓާލިފަހުންވެސް އެކަމުގެ މަންފާ ހޯދާފައިވާކަމަށް ވިދާޅުވެފައެވެ. އަލްހާން ފަހުމީ ސޯޝަލް މީޑިއާގައި އަލީ ރަމީޒަށް އަމާޒުކޮށް އެކި ވާހަކަތައް ލިއުއްވަން ފެއްޓެވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި އަލީ ރަމީޒް އަޑު އުފުއްލަން ފެއްޓެވުމުންނެވެ.