English Edition
Dhivehi Edition

ލާމަރުކަޒީ ނިޒާމަށް އެމްޑީޕީގެ ވާދަވެރި ސިޔާސީ ޕާޓީތައް ބީރައްޓެހިކަން ސާފު ވަނީ އިންތިހާބެއް ނެތި އެމްޑީޕީއިން ކާމިޔާބު ކުރި ގޮނޑިތަކުން ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ލޯކަލް ކައުންސިލްތަކުގެ 22 ގޮނޑިއެއް ކަށަވަރު ކުރެވިފައިވާއިރު މިކަމާއި ގުޅިގެން އަނަސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިކަމުން އެގިގެންދިޔައީ ލާމަރުކަޒީ ނިޒާމަށް އެމްޑީޕީ ފަރިތަކަން ކަމަށެވެ. އަދި ސިޔާސީ ވާދަވެރިން ލާމަރުކަޒީ ނިޒާމަށް އޮތް ބީރައްޓެހިކަން ސާފު ވަނީ އިންތިހާބެއް ނެތި އެމްޑީޕީއިން ކާމިޔާބު ކުރި ގޮނޑިތަކުންކަމަށް އަނަސް ވިދާޅުވިއެވެ. “ހާމަވަމުން މި ރާއްޖެ އަލިވިލެމުން މިދަނީ މާ އުފާވެރި ރަންރީދޫ ފަތިހަކަށް ކަން” އަނަސް އިތުރަށް ވިދާޅުވިއެވެ.

އަނަސްގެ މި ޓުވިޓަށް ރައްދުދެއްވަމުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހުމީ ވިދާޅުވީ ވޯޓު ލީ މީހުންގެ މެޖޯރިޓީ ނުލިބި އިންތިޚާބު ވުމަކީ ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫންކަމަށާއި އިންތިހާބު ނުނިމެނީސް އެއްވެސް ކެންޑިޑޭޓަކު ނުހޮވޭނެކަމަށެވެ.