English Edition
Dhivehi Edition

ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެކަށްޗަކީ ބަނގުރާ ކަމަށާއި އެހެންކަމުން ބަނގުރަލުގެ ވިޔަފާރި ކުރުމަކީ އިންތިހާއަށް ފައިދާ ބޮޑު ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ދީނީ އިލްމުވެރިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރޭ ތޮއްޑޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓްކަމަށެވެ.” އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން” ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކަތަކާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މުހައްމަދު ނަޝީދު ފަތުރަމުންދާ ފިކުރުތަކަކީ އިންތިހާއަށް ނުރައްކާތެރި ފިކުރުތަކެއް ކަމަށެވެ.އަދި ނަޝީދު ފަތުރާ ފިކުރުތަކުން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށާއި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަންޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ.މީގެ އިތުރުން އިޔާޒް ވިދާޅުވީ ވަކި ބޭފުޅަކު ވިދާޅުވީތީ އެއީ ހައްގުބަހަކަށް ވާ އުސޫލް ނޮއޮއްނަ ކަމަށާއި ކޮންމެ މީހަކުވެސް ގޯސްކޮށް އެއްޗެއް ބުނިނަމަވެސް ވާނީ ގޯހަކަށްކަމަށެވެ. އަދި ނަޝީދު ދެއްކެވި ވާހަކަތަކަށް ޖަވާބު ދިނުމުން ވަރަށް ގިނަ އިންޒާރު އަންނަމުންދާކަމަށް އިޔާޒް ވިދާޅުވިއެވެ.

އިޔާޒްގެ އިތުރުން ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ވިދާޅުވީ ރަލުން ލިބޭ މަންފާއަށްވުރެ ރަލުން ލިބޭ ފާފަ ބޮޑުކަމަށާއި އެހެންކަމުން މުސްލިމުން ރަލުން ލިބޭ ފާފައަށް ނުބަލާ ހަމައެކަނި ލިބޭ މަންފާއަށް ބެލުމަކީ ދެ ދުނިޔޭގައިވެސް މީހާއަށް އަބާއްޖަވެރިކަން ހުރިކަމެއް ކަމަށެވެ.

މީގެ އިތުރުން ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވަނީފައިސާގެ ދަޅަ މީހުންނަށް ދައްކައިގެން އިސްލާމްދީނާއި ، އިސްލާމީ ގައުމިއްޔަތާއި ‘ފުނޑާލައި’ ފަސާދަ އުފައްދަން ނޫޅުއްވުމަށް ގޮވާލައްވާފައެވެ.