ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ނިލަންދޫ ދާއިރާއަށް ވާދަ ނުކުރައްވަން ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ނިންމަވައިފި އެވެ.
އެމްޑީޕީ ޕްރައިމަރީގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ނާޒިލްއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނިޒާރު ވިދާޅުވީ އެ ދާއިރާގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލައި އޭނާގެ ސަޕޯޓަރުންނާ މަޝްވަރާ ކުރުމަށް ފަހު އިންތިހާބުގައި ވާދަނުކުރަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ނިޒާރު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެއްވި ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ
ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަ ނުކުރޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ބާތިލުކޮށް، ބަލިވި ކެންޑިޑޭޓުންނަށް އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ދީފައިވާއިރު އެ ފުރުސަތު މިއަދު ހަވީރަށް ހަމަވާނެއެވެ.