English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި އައްޑޫސިޓީ ގައި ތަރައްޤީ ކުރަން ފެށި އައްޑޫ ޓާޝަރީ ހޮސްޕިޓަލް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މިއަދު ދެއްވައިފިއެވެ.

މިއަދު ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މިކަމުގެ ޔަގީންކަން ދެއްވީ އައްޑޫސިޓީ މޭޔަރ ކަމަށް ކުރިމަތިލައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކާގައެވެ.

https://m.facebook.com/story.php?story_fbid=10218214532347788&id=1624113212

ނިޒާރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ޑިސެމްބަރު މަސް ތެރޭ ހޮސްޕިޓަލްގެ ހިދުމަތް ދެެވެން ފެށޭނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރ ދެއްވި ކަމަށާއި މި ސަރުކާރާއި އެކު އައްޑޫ އަށް ކުރެވޭ އުއްމީދު ބޮޑު ކަމަށެވެ.

އައްޑޫ ސިޓީ ގައި ހަދާ ޓާޝަރީ ހޮސްޕިޓަލް ގެ މަސައްކަތް އެލިއާ އިންވެސްޓްމަންޓް އާއި ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު 14 ގަ އެވެ.