English Edition
Dhivehi Edition

ސުލްޙަ އާއި އަމާން ކަމަށް ، މަޖިލިސް މިނިވަން ކުރުމަށް މަޖިލިސްގެ ރައީސް މަސީޙް އަދި ނައިބް ރައީސް މޫސާ މަނިކު އިސްތިއުފާ ދެއްވުމަށް ގޮވާލައްވަވާ ކަަމަށާއި ދެން މަޖިލިސް ހިސޯރު ވިޔަ ނުދެއްވަވާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިޒާރު މިގޮތަށް ވިދާޅުވެފައިވާއިރު ގުޅިފައިވާ އިއްތިޙާދުގެ ބައެއް މެމްބަރުން ވަނީ މޫސައާއި މަސީޙްގެ އިސްތިއުފާއަށް ގޮވާލައްވަވާފައެވެ.
މަސީހާއި، މޫސާ މަނިކު ނިސްބަތްވާ ޕީޕީއެމަށް ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީ ލިބިފައިވާއިރު، މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ މަޖިލީހުގައި މިވަގުތު ސައްހަަ ރައީސެއް ހުންނެވިކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި އެކަން ގަބޫލުނުކޮށް، އަބުދުﷲ މަސީހަށް މަޖިލީހުގެ ރައީސްކަމުގައި ގަދަބާރުން ހުންނެވިގެން ނުވާނެކަމަށްވެސް އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަދަލުވާންޖެހޭކަމަށެވެ. އަދި އުންމީދުކުރަނީ މޫސާ މަނިކުވެސް މަޖިލީހުގެ ނާއިބް ރައީސްކަމުން އިސްތިއުފާދެއްވާ، މަޖިލީހުގެ ރިޔާސަތު ބަދަލުކުރުމަށް ފުރުސަތު ދެއްވުންކަމަށްވެސް އަމީތު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރު އަންނަ އަހަރަށް ހަމަވާއިރު، މަޖިލީހުގެ ރިޔާސަތުގައި މިވަގުތު އިންނެވި އަބުދުﷲ މަސީހު މަގާމުން ދުރުކުރުމަށް އިދިކޮޅު ގިނަ މެމްބަރުން މީގެ ކުރިންވެސް ވަނީ މަސައްކަތް ކުރައްވަވާފައެވެ.