English Edition
Dhivehi Edition

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން ‘ދިޔެގެ ހަވި’ ނަމުގައި ފެސްޓިވަލް އެއްބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޓީން ބުނެފިއެވެ.

މާޗް މަހުގެ 8 ވަނަ ދުވަހު ހުޅުމީދޫ އަދި މަރަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައވަނީ، ކަނބަލުންގެ މަސައްކަތް ދައްކާލުމުގެ ގޮތުން އެކި އެކި އެކި ސްޓޯލްތަކަށް ބަހާލައިގެން ނެވެ. މި ފެސްޓިވަލްގައި މޭކަޕްކުރުމާއި، ހީނާފަތް އެޅުމާއި، ޒުންބާ ހަރަކާތްތަކާއި، ސިއްހަތާއި ގުޅޭ އެކި އެކި ކަންކަމާއި ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ގަސް އިންދުމާއި ގުޅުން ހުރި މައުލޫމާތު ދިނުމާއި ތަކެތި ވިއްކުން ފަދަ ކަންކަން ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

ފެސްޓިވަލް ގެ ސްޓޯލްތައް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް ޑަބްލިޔުޑީސީއިން ބުނެއެވެ. މި ފެސްޓިވަލްގެ ސްޓޯލެއްގެ އަގަކީ 200 ރުފިޔާއެވެ.

ފެސްޓިވަލް އާއި ބެހޭ ގޮތުން މަރަދޫ ދާއިރާގެ މެމްބަރު ޝަފްގާ ޝަފީގް ވިދާޅުވީ މިއީ އަންހެނުން ކުރާ މަސައްކަތްތައް އެއްތަނަކުން ދައްކާލުމާއެކު، ކަނބަލުންގެ މަސައްކަތަށް މާކެޓް ހޯދައިދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7942014، 9189287 މި ނަމްބަރަށް ގުޅުމަށް ޑަބްލިޔުޑީސީން އެދެއެވެ.