English Edition
Dhivehi Edition

މިއަދު ހެނދުނު ހުޅުމާލޭގައި ހިނގި މާރާމާރީ އެއް ގައި ޒުވާނެއްގެ ބޮލަށާއި މެއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މި މައްސަލަ ހެނދުނު 7:10 އެހާކަށްހާއިރު ފުލުހުށް ރިޕޯޓްކޮށްފައިވާ ފުލުހުން ބުނީ މާރާމާރީގައި އަނިޔާވެފައި ވަނީ 33 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާގެ އަތާއި ބޮލަށް އަދި މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު މިހާރު އޭނާއަށް ފަރުވާދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ.

މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިވާކަން ޔަގީންވެފައިނުވާއިރު މި މައްސަލަ އާއި ބެހޭ އިތުރު ތަފްސީލެއްވެސް ފުލުހުން ދީފައެއް ނުވެއެވެ.

މި ދުވަސްކޮޅު މާލެ އާއި ހުޅުމާލޭގައި ވަޅިން ހަމަލާދިނުމުގެ ގިނަ މައްސަލަތަކެއް ހުށެހެޅިފައިވާއިރު މި މަހުގެ 19 ވަނަ ދުވަހުވެސް މާލޭގައި ވަޅިން ބިރު ދައްކައި، 560،000 އަށް ވުރެ ގިނަ ރުފިޔާވަނީ ފޭރިގެންފައެވެ