English Edition
Dhivehi Edition

ބިދޭސީ ދެ ލޯބިވެރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެހެން މީހަކު ޒަޚަމްވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ހެންވެއިރު ގެއެއްގެ ކައިރީގައި މީހެއްގެ ގަޔަށް ވަޅި ހަރައިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 14:10 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ރައްޓެހިވެގެން އުޅޭ ބިދޭސީ އަންހެނަކާއި ފިރިހެނަކު ރުޅިވުމުން އަންހެން މީހާ، އެ ފިރިހެން މީހާގެ ގެ ކައިރިއަށް ގޮސް އަމިއްލަ އަށް ގައިގައި ވަޅި އަޅަން އުޅުމުގެ ތެރޭގައި، އެހެން ބިދޭސީ ފިރިހެނަކު އޭނާ ހުއްޓުވުން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެ ހާދިސާގައި ވަޅި ހެރިފައި ވަނީ އެ އަންހެން މީހާ ސަލާމަތްކުރަން އުޅުނު ބިދޭސީ ފިރިހެން މީހާގެ އަތަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އެ ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.