English Edition
Dhivehi Edition

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލާ މާދަމާރޭ މުޒަހަރާއަށް ނިކުންނަން ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މި ގޮތަށް ނިންމާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި އެއް މިލިއަން ޑޮލަރު ލޯންޑަކުރި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގަބޫލު ކުރެވޭތީ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީގެ ވަކީލް އެދުމުން މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާއި ގުޅިގެންނެވެ. ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މުޒާހަރާ އޮންނާނީ މާދަމާރޭ 8:30ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ. އަދި އެ އެއްވުމަކީ އެއްވެ އުޅުމުގެ އުސޫލާ ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތިން މާލޭގައި އެއްވެވެން އޮންނަ ސަރަހައްދަށް އެއްވާ އެއްވުމެއް ކަމަށެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޔާމީން ވިދާޅުވީ އެ މައްސަލައިގެ ހެކީގެ ގޮތުގައި ހުންނާނީ ބޭންކު ސްޓޭޓްމަންޓްތައް ކަމަށާއި އެއީ ކޮމްޕިއުޓާ ޖެނަރޭޓެޑް ތަކެތިކަމުން އެއަށް ބަދަލެއް ގެވެނޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ޔާމީން އިއްޔެ މާފުށީ ޖަލަށް ގެންގޮސްފައިރު އެމަނިކުފާނު ހުންނަވާނީ މާފުށީގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ކަމަށް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރުވަނީ ވިދާޅުވެފައެވެ

.