English Edition
Dhivehi Edition

ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ހަމަޖައްސައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ކުރި ޓްވީޓެއްގައި ބުނީ “ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމް އެމަނިކުފާނުގެ ރަނިންގް މޭޓަކަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފި” ކަމަށެވެ. އަދި ޑރ. ޖަމީލަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ޑރ. ޖަމީލަކީ ރައީސް ޔާމިންގެ ވެރިކަމުގެ ފުރަތަމަ ނާއިބު ރައީސްއެވެ. އެހެންނަމަވެސް ދައުރުގެ ވަކި ހިސާބަކުން ޑރ. ޖަމީލް ނާއިބު ރައީސްކަމުން ދުރުކުރީ ރައީސް ޔާމިނަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލިހުގެ ވޯޓަކުންނެވެ.

އެއަށްފަހު، ރައީސް ޔާމިނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކަށް ޑރ. ޖަމީލު ވެވަޑައިގެންނަަމަވެސް، ރައީސް ޔާމިންގެ ވެރިކަން ބަދަލުވެ، އަނެއްކާ ވެސް ޖަމީލް ޔާމިނަށް ތާއީދުކުރައްވަން ފެއްޓެވުމާއެކު، ދެން ވެވަޑައިގަތީ ޔާމިންގެ ގާނޫނީ ވަކީލަށެވެ.

އެއަށްފަހު ޖަމީލް ވަނީ ފާއިތުވެދިޔަ 2 އަހަރެއްހާ ދުވަހު ރައީސް ޔާމިންގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައެވެ.