ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލައިފިއެވެ.
މިދިޔަ ހަފްތާހެ ބުދަ ދުވަހު ފުލުހުން ޕޮރޮސެކުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވަނީ، ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާތައް ޖަމާކުރުމުން އެ ފައިސާ ލޯންޑާކުރުމާއި އެ ފައިސާ އާ ގުޅޭ ގޮތުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކޮށްދިނުމަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މއ.ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގ ގެ ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ
އިތުރުން މިދިޔަ ހަފްތާ ބުދަ ދުވަހު ފުލުހުން ވަނީ ރައީސް ޔާމީނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށްވެސް ދައުވާކޮށްފައެވެ. އާޒިމާގެ މައްޗަށް ދައުވާކޮށްފައިވަނީ ޔާމީން އަށް އެހީތެރިވެ، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ދައުވާއެވެ