English Edition
Dhivehi Edition
ވިލިމާލޭ ޑަބްލިއުޑިސީ ކެމްޕެއިނުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް 13 ގަޑިއިރަށް ކުރިއަށް ގެންދިއުމަކީ އުސޫލެއްގެ ގޮތުން އެއްވެސް ހަމަޔަކުން ކުރެވޭނެ ކަމެއް ނޫންކަން އެޗްއާރްސީއެމް އިން ވެސް ގަބޫލުކުރާކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާ ދެކޮޅަށް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މާދިގުކޮށް ގެންދާ މައްސަލާގައި އެޗްއާރްސީމް އާއި ބައްދަލުކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އިއްޔެވެސް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އަށް ގަޑިއިރު މަޑުކޮށްގެންވެސް އެޗްއާރްސީއެމް އާއި ބައްދަލުވެފައި ނުވާއިރު އެ ޕާޓީން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

،މިއަދު ހެނދުނު 9 ގައި އެޗްއާރްސީއެމް އިން އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފައިވާއިރު، މި ބައްދަލުވުމަށްފަހު ޕީޕީއެމް/ޕީއެންސީން ވަނީ ނޫސްވެރިންނަށް މައުލޫމާތު ހިއްސާކޮށްފައެވެ. މި ގޮތުން ރައީސް ޔާމީންގެ ޝަރީއަތް 13 ގަޑިއިރަށް ކުރިއަށް ގެންދިއުމަކީ އެއްވެސް ހަމަޔަކުން ކުރެވޭނެ ކަމެއް ނޫންކަމަށް އެޗްއާރްސީއެމް އިން ބުނެފައިވީ ނަމަވެސް އެކަމުގެ ކަންބޮޑުވުން އެޗްއާރްސީއެމްއިން ހާމަ ގޮތެއްގައި ފާޅުނުކުރުމާ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތެއް ނުކުރާތީ ކަންބޮޑުވާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އަދި އެޗްއާރްސީއެމްއިން ރައީސް ޔާމީންގެ މައްސަލާގައި ކަންބޮޑުވާކަމަކަށް ގަބޫލެއް ނުކުރާކަން ހާމަކޮށް ޕީޕީއެމް އިން ބުނީ އެޗްއާރްސީއެމްއިން ބަޔާން ނެރެން ޖެހޭނީ ޕީޕީއެމް އިން ބައްދަލުކުރުމުން ނޫންކަމަށެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލިސް ހިނގަން ފަށާއިރަށް އެޗްއާރްސީއެމްގެ ފަސް މެމްބަރުން ބޭރުކުރުމުގެ މަސައްކަތް ފަށާނެކަމަށް ބުނެފައެވެ.