English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ކުރެއްވިއްޖެނަމަ ޑރ.މުހައްމަދު މުއިއްޒު ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮންނަވާނީ ޖަލުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ބ.ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ ކެމްޕެއިން ދަތުރުގައި އުޅުއްވާ އިރު އެހެން ކެންޑިޑޭޓުންގެ ވާހަކަތައްވެސް ކުޑަކޮށް އަޑުއިވޭ ކަމަށެވެ. މި ގޮތުން އިދިިކޮޅު ކެންޑިޑޭޓު މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ ވަކި މީހަކު ޖަލުން ނެރުމާއި ވަކި މީހެއްގެ ސިޔާސަތަށް ވެރިކަން ކުރުން ކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ޔާމީން އާއި ޑރ.މުއިއްޒުގެ މާޒީ އާއި ޓްރެކް ރެކޯޑަށް ބަލާލުމުން ފެންނަ މަންޒަރަކީ އިދިކޮޅަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަވެސް ދެ ބޭފުޅުން ކުރެ އެއް ބޭފުޅަކު އޮންނާނީ ޖަލުގައި ކަަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ސޯލިހްއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވަމުން އިމްރާން ވިދާޅުވީ ސިޔާސަތުތަކާއި ހިދުމަތުގެ ރެކޯޑާ، ހުރިހާ ކަމަށް ބަލާ އިރުވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އަރާ ހަމަކޮށްލެވޭނެ އެއްވެސް ކެންޑިޑޭޓަކު ނެތްކަމަށެވެ.