English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް މޯލްޑިވްސް ޑިވަލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޓިކެޓް އަށް ބޭފުޅަކަށްދީފިއެވެ

ރޭ އެމްޑީއޭ އިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި މީގެ ކުރިން ވެސް މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އެ ޕާޓީން އިންތިހާބުވި ތިން ބޭފުޅެއް ހިމެނޭ ގޮތަށް އަށް ބޭފުޅަކަށް ޓިކެޓް ދިނުމަށްވަނީ ނިންމާފައެވެ. މިހާރު ވެސް މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ޕާޓީގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި، ޑެޕިއުޓީ ލީޑަރުން ކަމަށްވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އަށް އެ ޕާޓީގެ ޓިކެޓް ދިނުމަށްވަނީ ނިންމާފައެވެ.

މި ބޭފުޅުންގެ އިތުރުން ޓިކެޓްތައް ދީފައިވާ ކެންޑިޑޭޓުންނަކީ އައިޝަތު ރަަފިއްޔާ – މާފަންނު ހުޅަނގު ދާއިރާ، މުހައްމަދު އާދަމް – ރ. ދުވާފަރު ދާއިރާ، އިބްރާހިމް އަސްލަމް – ނ. މަނަދޫ ދާއިރާ،ހުސައިން ސާލިމް މުހައްމަދު – ނ. ހޮޅުދޫ ދާއިރާ އަދި މުހައްމަދު އައްބާސް – ނ. ވެލިދޫ ދާއިރާއަށެވެ.

18 ވަނަ ރައްޔަތުންގެ މަޖިލީހުގައި އެމްޑީއޭ އިން ވާދަކުރި ގިނަ ދާއިރާތަކުގެ ގޮނޑި އެ ޕާޓީން ކާމިޔާބުކޮށްފައިވާއިރު އެ ޕާޓީއަކީ ޕީޕީއެމް ސަރުކާރާއި ހެދި ކޯލިޝަންގެ ތެރޭގައި ވެރިކަމުގެ ދައުރު ނިމެންދެން ހަރަކާތްތެރިވެފައިވާ ޕާޓީއެކެވެ

ޓެގު