އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭނެ އެންމެ ފޯރިގަދަ އަދި ވާދަވެރި އިންތިޚާބަކަށް ވެގެންދާނެ ކަމައް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރާއްޖޭގައި ހެދިފައިވާ ތަފާތު ސިޔާސީ ޕާޓީތަކުން ކުރެ ކޮންމެ ޕާޓީއަކުންހެން ކެންޑިޑޭޓުން ނެރެ އިއުލާން ކުރަމުންދާއިރު މިވަގުތު ސަރުކާރު ހިންގާ މައިޕާޓީގެ އެތެރޭގެ ކޯޅުންތައް ގިނަވެ ބައެއް މެމްބަރުން ތިބީ ދާންޖެހޭ ދިމާއެއް ނޭނގިފައެވެ. އެމްޑީޕީއާއި އެންމެ ގާތުން ވާދަކުރާ ޕީޕީއެމުން ކުރީގެ ރައީސް ޔާމީނަށް ކެންޑިޑެންސީ ދީފައިވާއިރު ކޯޓުގައި ކުރިއަށްދާ ކޭސްތަކާއި ގުޅިގެން އިންތިޚާބުގެ ކުރިން ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ކުރައްވައިފިނަމަ އިންތިޚާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވެވޭނެއެވެ. އިންތިޚާބާއި ކައިރިކޮށް އެކަން އެގޮތަށް ވުން ގާތް ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ. ދެން ތިބީ ވާދަވެރިރޭހުގައި ކުރި ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަ އިތުރު ޕާޓީތަކެވެ. މީގެ ތެރެއިން މިހާރު އެންމެ ފޯރިއާއި އެއްކޮއް އިންތިޚާބަށް ތައްޔާރުވާތަން ފެނިގެންދަނީ މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ. އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީއޭގެ ހަރަކާތްތައް ވަނީ އިތުރަށް ފުޅާކޮށް އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކޮށޭނެ މަގުތައް ފަހިކުރުމަށް ޕާޓީގެ ހިންގުމަށް ބަދަލުވެސް ގެނެސްފައެވެ.
މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް އަކީ ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ކުފޫހަމަވާ އެހާވަރުގެ ސިޔާސީ ބުރަދަނެއް ހުރި ބޭފުޅެއްތޯއެވެ. އެބޭފުޅުން އެ ވިދާޅުވާހެން އެޕާޓީން ރިޔާސީ އިންތިހާބުގައި އެހެން ޕާޓީއަކާ ނުގުޅި، ގިނިކަންޏާ ނިކުންނަވާ އިންތިހާބު ކާމިޔާބު ކުރެއްވިދާނެ ތޯއެވެ.
އެމްޑިއޭއިން 11 އޮގަސްޓ 2022 ގައި ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކޮންގްރެސް އަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ސިޔާމް ވިދާޅުވެފައިވަނީ، އެމްޑީއޭއަކީ ސާފުތާހިރު ބަޔަކު އުޅޭ ޕާޓީއެއް ކަމަށާއި އެ މީހުންގެ ފަސްބައި ސާފުވާނެ ކަމަށެވެ. އަދި އެ މީހުން ކަން ކޮށްފައި ހުރި ގޮތް ދިވެހިންނަށް އެނގޭނެ ކަމަށާއި އެކަން ދިވެހިން ދަންނާނެ ކަމަށެވެ. އަދި ދިވެހިންނަށް އެ ޕާޓީން ހޭދަކުރާ ފައިސާގެ އަދަދު ވެސް އެނގޭނެ ކަމަށާއި ދިވެހިންނަށް އެންމެ ގިނަ ފައިސާ ދޭ ބަޔަކީ އެމްޑީއޭ ކަމަށެވެ.
“ބޯހިޔާވަހިކަމަށް ލޯނެއް، ބައްޔަކަށް ފަރުވާކުރަންޖެހިއްޖެއްޔާ ލޯނެއް، ކިޔަވަން ވިއްޔާ ލޯނެއް، ސައިކަލެއް ހޯދަންޏާ ލޯނެއް، ފޯނެއް ހޯދަންޏާ ލޯނެއް. ކޮންމެ އަސާސީ ހައްގެއް ނިގުޅައިގަންނަނީ ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާފައި. މި އަޅުވެތިކަމުން މިންޖުވާން އެބަޖެހޭ. ރައްޔިތުންގެ ހައްޤުތައް ހޯދުމަށް ދިވެހިން ނުވާ ގުރުބާނީއެއް ނެތް. އެހެންނަމަވެސް ވެރިކަން ކުރަން އަންނަ ބޭފުޅުން އަބަދުވެސް ދެނީ ކެހި. ސަރުކާރުތަކުން ވަނީ ދިވެހިންގެ ފައިސާއަށް ހިޔާނާތްތެރިވެފައި. މިފައިސާތަކަށް ހިޔާނާތްތެރި ނުވާނަމަ ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު އާއްމު ހުރިހާ ހިދުމަތްތަކެއް ލިބޭނެ. ރާއްޖެ މި އޮތް ހާލަތުން މިންޖުވުމަށް ބޭނުންވަނީ ފައިނޭންޝަލް އިންޖީނިއަރެއް. ” އެމްޑީއޭއިން ރިޔާސީ ކެމްޕެއިނާއި ގުޅުވައިގެން ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ މިއީއެވެ.
މިވާހަކަތަކާއި ގުޅުވައިގެން އެއްބަޔަކު ބުނެފައިވަނީ ސިޔާމަކީ ހިންގުމުގެ ގާބިލު ބޭފުޅެއްކަން އޮތީ މަސައްކަތުގެ ދާއިރާއިން ސާބިތުކޮށްދެއްވާފައި ކަމަށެވެ. މީގެ 32 އަހަރު ކުރިން އާދައިގެ ގޮތަކަށް ފެށި ރިސޯޓު ވިޔަފާރީގެ މަސައްކަތުން މިއަދު ސިޔާމަކީ ރާއްޖޭގެ އެންމެ ގިނަ ޓޫރިސްޓް އެނދު މެނޭޖްކުރާ ފަރާތް ކަމަށާއި ގައުމެއް ހިންގޭނީ ހިންގުންތެރިކަން ހުރެގެން ކަމަށެވެ.
އަދި ޤައުމެއް ހަމަމަގުން ކުރިއެރުވުމަށް ވިޔަފާރީގެ ކާމިޔާބާއި ތަޖުރިބާ އެއީ ވެރިޔެއްގެ ކިބައިގާ ހުންނަންވީ އެންމެ މުހިންމު ކަންކަންކަމަށާއި ބޮޑުތަނުން ދަރަނިވެރިވެފައިވާ މި ރާއްޖެއަށް މި ވަގުތު ބޭނުންވަނީ މި ފަދަ ވެރިއެއްކަމަށެވެ.
” 2004 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެންމެ ގިނަދުވަހު މަޖިލިހުގައި މެދުނުކެނޑި މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކީ ސިޔާމް. 19 ވަނަ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް މަޖިލިހުގެ އެންމެ ގިނަ ދައުރު އަދާކުރެއްވެވި ބޭފުޅެއްގެ ހައިސިއްޔަތުން މަޖިލިހުގެ ރިޔާސތު ބެލެހެއްޓެވުމުގެ ފުރުސަތު ވެސް ލިބިލެއްވީ ހަމަ ސިޔާމަށް. ހަމަ ގައިމުވެސް މަޖިލިހުގެ ގޮނޑިއަށް ވިދިވިދިގެން އާދެވޭނީ ރައްޔިތުން ފުރުސަތު ދީގެން ރައްޔިތުންގެ ވޯޓާއެކު. އަދި ރައްޔިތުން ނިކުމެ ވޯޓުދީގެން ހޮވާނީ ވެސް ގަބޫލު ކުރާ ސިޔާސީ ގާބިލް ކަން ހުރެގެން ނޫންތޯ. ޓޫރިޒަމް ދާއިރާގައި ހޯއްދެވި ކާމިޔާބީތަކާއި ސިޔާސީ ދާއިރާގެ 20 އަހަރުގެ ތަޖުރިބާއާ އެކު ސިޔާމަކީ ރާއްޖޭގެ ލީޑަރުންގެ ތެރެއިން މިވަގުތު ފެންނާނެ އެންމެ ވަރުގަދަ ލީޑަރު.” ސިޔާމްގެ ސަޕޯޓަރުން ގެ ވާހަކަ އަކީ މިއީއެވެ.
ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް ސިޔާމް ކޮއްދެއްވަވާފައިވަނީ އަގުނުކުރެވޭފަދަ މަސައްކަތްތަކެކެވެ. މިހާރު މިފެންނަ ގޮތަށް ޕްރީސްކޫލްތައުލީމު ހިލޭ ކިޔެވޭނެ ގޮތް ހަމަޖެހިގެން ދިޔައީ މަޖިލިސް ތެރެއިން އެކަމަށް ސިޔާމު ކުރެއްވެވި އެތަކެއް މަސައްކަތްތަކުގެ ނަތީޖާއިން ކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ.
ސަން ސިޔާމް އިސްވެ ހުންނަވައި އުފެއްދި އެމްޑީއޭ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެޕާޓީއަށް 10،000 މެމްބަރުން ހަމަކޮށް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓީން ވަނީ އިދިކޮޅު ޕީޕީއެމާއިއެކު ކޯލިޝަން ވެރިކަމެއް ގާއިމްކޮށްފައެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމެންދެން ވެސް އެމްޑީއޭ ދެމިއޮތީ ސަރުކާރުގައެވެ.
11 އޮގަސްޓ 2022 ގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސް ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ސިޔާމް ވިދާޅުވީ ޕާޓީގެ އަމާޒު ހުރީ އަހަރު ނިމުމުގެ ކުރިން 50،000 މެންބަރުން ހަމަކުރުމަށް ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އިތުރު ޕާޓީއަކާ ކޯލަޝަނެއް ނަހަދާ ކަމަށެވެ.
“އަޅުގަނޑުމެން މިހާތަނަށް މަސައްކަތް ކުރީ ކޯލިޝަނާއެކު ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެންޓިޑޭޓުންނަށް ވޯޓު ހޯދައިދިނުމުގައި. މިހާރު އެ މަސައްކަތް ކުރަމުންކުރަމުން ގޮސް ވަރުބަލިވެއްޖެ. ދެން އަޅުގަނޑުމެން އެމަސައްކަ%8