English Edition
Dhivehi Edition

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެއްޖެ ނަމަ ނޭވާ ނުލެވޭ ވަރު ކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ

އިންޑިއާ ސިފައިން ފައިބާ” ނަމުގައި އުމަރު އިއުލާން ކުރެއްވި ހަރަކާތާ ގުޅޭގޮތުން ވާހަކަދައްކަމުން ވިދާޅުވީ މިއީ ގައުމީ ހަރަކާތެއްކަމަށެވެ. އަދި ރާއްޖެ އަޅުވެތިވުމުގެ ކުރިން، މި ކަމުގެ ރައްޔަތުން މިކަމަށް ހޭލުންތެރިކޮށް ، ރައްޔިތުންނަށް މިކަން ބުނެދީ އަދި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ޕްރެޝަރު ކޮށްގެން އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުމަކީ މި ހަރަކާތުގެ ބޭނުންކަމުގައި އުމަރު ވިދާޅުވިއެވެ.

މި ހަރަކާތާއި ގުޅޭ ގޮތުން އުމަރު ވިދާޅުވީ މިއީ އެއްވެސް ސިޔާސީ ހަރަކާތެއް ނޫންކަމަށެވެ. އަދި މަގުމަތީ ޕޯސްޓަރު ޖެހުމާއި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުމާއި ކޯޓުތަކަށް މައްސަލަ ވެއްދުމާއި މުޒާހާރާ، އާއި ސައިކަލު ލޯރީ ބުރު ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ވިހާވެސް ގިނަ ރައްޔަތުން ބައިވެރިވުމަށް އުމަރުވަނީ ގޮވާލާފައެވެ

އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލާ ގައުމީ ހަރަކާތަކަށްދާން އުމަރު ތައްޔާރުވަމުން އަންނައިރު މީގެ ކުރިންވެސް އުމަރު ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

1 ކޮމެންޓް
ޢަލީ ސާމިއު
ފެބުރުއަރީ 11, 2019
ބަލަގަ މިހާރުވެސް މާ ލަސްވެއްޖެ ހަރުގަނޑު އާއި ލަޓިބުރި ހިފައިގެން ރާއްޖޭގެ ދިފާޢީ މަރުކަޒު ފުނޑައިލާން ގޮވިމަސްސަލަ ބުނެލި ދިގުލައިގެން މިޔޮއްގެންދަނީ.. މި މީހާ ހައްޔަރު ކުރޭ. ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް