English Edition
Dhivehi Edition

ރޭ ދަންވަރު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަ ދެ ކުއްޖަކަށް ވަރަށް ބޮޑަށް އިނިޔާވެއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ އެކްސިޑެންޓު ހިނގަން ދިމާވީ ސައިކަލު ރޭސް ޖަހަން އުޅުނު 16 އަހަރުގެ ދެ ފިރިހެން ކުއްޖަކު ދުއްވާފައި ދިޔަ ސައިކަލު އެހެން ސައިކަލެއް، އޯވާޓޭކް ކުރަން އުޅެނިކޮށް ކޮންޓްރޯލް ނުވެ ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހިގެން ކަމަށެވެ

ރައްޔިތުންގެ މަޖިލިސް ކުރާ ގޭ ކައިރީގައި ހިނގި މި އެކްސިޑެންޓްގައިި ދެ ކުޑަކުދިންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ދެކުދިންނަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހާމަކޮށްފައިނުވާއިރު ،ދެ ކުޑަކުދިން އޯވާޓޭކް ކުރަން އުޅުނު ސައިކަލުގައި އިން ފިރިހެން މީހާ އަށް ވެސް އަނިޔާވެފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ

މީގެ އިތުރުން ރޭ ސެނެހިޔާ ކައިރިން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ދެ އަންހެނުންނާއި އެއް ފިރިހެނަކަށް އަނިޔާވެފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. މި ތިން މީހުންނަށްވެސް ސެނެހިޔާގައި ފަރުވާދީފައިވާއިރު ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ