English Edition
Dhivehi Edition
އައްޑޫސިޓީ

އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި ރޭ ތިން އެކްސިޑެންޓެއް ހިނގައި، ހަތް މީހަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭގެ އެކި ވަގުތުތަކުގައި ހިނގި މި އެކްސިޑެންޓްތަކުގައި އަނިޔާވެފައި ވަނީ 6 ފިރިހެނަކާއި އަންހެނަކަަށް ކަމަށެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުތަކުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކޮންމެ އެކްސިޑެންޓެއްވެސް ހިނގާފައި ވަނީ ދެ ސައިކަލު ޖެހިގެން ކަމަށެވެ. އަދި މި ތިން އެކްސިޑެންޓްގެ ތެރެއިން ދެ އެކްސިޑެންޓްގެ ސީނަށް ފުލުހުން ދިޔައިރު، ރޫޅާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.