English Edition
Dhivehi Edition
2020 ވަނަ އަހަރު މާލެ މަގުމަތީ ފުލުހުން ހަރަކާްތްތެރިވަނީ ސަން ފޮޓޯ -- ފަޔާޒު މޫސާ

މިއަދު މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުންގެ ވިދާޅުވީ މާލޭ ބުރުޒު މަގު ޓީވީ މޯލްޑިވްސް ކުރިމަތިން 2 ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 10:39 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފަރުވާ ދެމުންދަނީ ދިވެހި ފިރިހެނަކަށެވެ.

މި ހާދިސާ ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.