ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން އެގްރީމެންޓެއްގައި ސޮއި ކުރައްވާފައި ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ
“ރާއްޖެޓީވީ” ގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ވަރަށް ގިނަ ލިޔެކިޔުންތަކުގައި ސޮއިކުރެއްވިކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވާފަދަ ކޯލިޝަން އެގްރީމަންޓެއްގައި ސޮއިކުރައްވާފައި ނުވާނެކަމަށެވެ. އެހެންނަމަވެސް ގުޅިފައިވާ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ހުށަހެޅުންތައް ހުށަހަޅާފައިވާނެކަމަށާއި އެއީ އެއްބަސްވުމެއް ނޫންކަމަށެވެ. “އެބޭފުޅުން އެއްބަސްވުމޭ ކީމަ މިހާރު މީހުންނަށް ހީވަނީ އެއީ އެއްބަސްވުމެކޭވެސް. އެއްބަސްވުމެއް ނޫން އެއީ. އެއީ ހުށައެޅުމެއް” ހަސަން ލަތީފް ވިދާޅުވިއެވެ
މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން ހުށައެޅި ހުށައެޅުންތަކުގައި އެމްޑީޕީން ސޮއިކުރައްވާފައިވާނީ ހަސަން ލަތީފްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އަދި ސަރުކާރުގެ ކަންކަން ނިންމާނީ ކޯލިޝަންގެ ހުރިހާ ޕާޓީއެއްގެވެސް ލަފަޔާ އިރުޝާދާއެކު ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. “ޖުމްހޫރީ ޕާޓީއާ ވަކިން އެއްބަސްވުންތަކެއް އޮތް ހާލަތެއްގައިި ވިޔަސް ކޯލިޝަން ސަރުކާރެއްގައި ހަމައެކަނި އެ އެއެއްބަސްވުމަކަށް ރިއާޔަތްކޮށް ކަންކަން ނުނިންމޭނެ” ހަސަން ލަތީފް ވިދާޅުވިއެވެ.
.